ށ. ނަރުދޫއަށް އުދަ އަރައި ރަށު ތެރޭގައި ފެންބޮޑުވެއްޖެ
18 ޑިސެމްބަރު 2025 - 20:30

Ad by Hajj Corporation
ށ. ނަރުދޫއަށް ވަރަށް ބޮޑަށް އުދައަރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އުދަ އެރުމުގެ ސަބަބުން އެ ރަށުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައެވެ.
އުދަ އަރަން ފެށީ މިރޭ ދިޔަވަރު ބޮޑުވި ގަޑީގައެވެ.
ނަރުދު އަށް މި މޫސުމުގައި ކުރިން ވެސް އުދައިގެ އަސަރު ކުރި ނަމަވެސް، އޭގެ ދެ ގުނައަށް މި ފަހަރު އުދަ އަރަމުންދަނީ އެ ރަށުގަައި ތަރައްގީ ކުރާ ބަނދަރުގެ ބޭރު ތޮށިލާފައި ނުވާތީއެވެ.
އުދައިގެ އަސަރުވަނީ މިީހުން ދިރިއުޅޭ ގެޭގެއަށް ވެސް ކޮށްފައެވެ.
އިރުވައި މޫސުމުގެ ހަޅަ ޖަހަން ފަށާފައިވާ އިރު، އެއީ އިރުމަތީ ފަރާތުން ގަދަޔަށް ވައި ޖެހުމެވެ.
އާބާދީގައި ގާތްގަނޑަކަށް 700 އަށްވުރެ މީހުން ތިބި ނަރުދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ، އެއް އަހަރު ދުވަހަށް ނިންމުމަށް 41.34 މިލިއަން ރުފިޔާއަށް ހަވާލުކުރި ބަނދަރެކެވެ.
އިތުރު ތަފްސީލް އަންނަނީ...


