logo
MPL

MPL

ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދަ އަރާފާނެތީ ސަމާލުވާން އެދެފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 އޮކްޓޯބަރު 2024 - 05:42
ގދ. ތިނަދޫއަށް އުދަ އަރާފައި: ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވާން އިދާރާތަކުން އެދޭ
ގދ. ތިނަދޫއަށް އުދަ އަރާފައި: ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވާން އިދާރާތަކުން އެދޭ

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެފިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެކަމާ ގުޅިގެން މޫސުމުގެ ސަމާލު، މޫސުމާ ބެހޭ އިދާރާއިން ދަނީ ނެރެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދު އެ އިދާރާއިން ނެރުނު ސަމާލުގައި ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުދަ އަރާފާނެ ކަމަށް ބަލައި، ގެދޮރު އަދި މުދާ ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމާއި، ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

އެ ސަމާލުގައި އެ އިދާރާއިން ވަނީ، ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުތުރާއި މެދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރައިން ލަފާކުރެއެވެ.

ވަޔަށް ބަލާއިރު، އުތުރާއި މެދު ރާއްޖޭގެ ބައެއް އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އިރު، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ނަމަވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ޚަބަރު | 19 ގަޑިއިރު ކުރިންއަރްނަބް ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް: މެޓްޚަބަރު | 15 ދުވަސް ކުރިންކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެޚަބަރު | 18 ދުވަސް ކުރިންކޮންމެ ރައްޔިތަކަށް ވަގުތުން އިންޒާރު ލިބޭނެ ނިޒާމެއް: ޤައުމީ ފެންވަރުގައި ބޮޑު މަޝްވަރާއެއް!ޚަބަރު | މަހެއް ކުރިން