logo
Bank of Maldives

Bank of Maldives

ވިޔަފާރި

މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އާމިނަތު ޝަފާ
19 ޑިސެމްބަރު 2025 - 07:08
މޯލްޑިވިއަނުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން، މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ފުރަތަމަ ފަހަރަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. 

އެ ކުންފުނިން ބުނީ އޮސްޓްރޭލިއާގެ މެލްބާންއިން މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވެލް ކުންފުންޏެއްކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ދަތުރުތައް ފަށާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ މޯލްޑިވިއަންގެ އެއަރބަސް A330-200 މަރުކާގެ މަތިންދާބޯޓެވެ.

މި ދަތުރުތަކުގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ނެޓްވޯކް ފުޅާވެ، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 13 ދުވަސް ކުރިންމޯލްޑިވިއަނުން އަލުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަނީޚަބަރު | މަހެއް ކުރިންޑިމާންޑު ބޮޑުވެ، މޯލްޑިވިއަނުން ޖިއްދާއަށް އިތުރު ދަތުރުތަކެއްޚަބަރު | މަހެއް ކުރިން