logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެވިއްޔާ ބަލިކޮށް ރެއަލް މެޑްރިޑް މޮޅުވިއިރު އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފި

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2025 - 04:37
ސެވިއްޔާ ބަލިކޮށް ރެއަލް މެޑްރިޑް މޮޅުވިއިރު އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފި

އެމްބާޕޭ، ރެއަލް މެޑްރިޑްގެ ކްލަބް ރެކޯޑެއް ކަމަށްވާ އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު ކްރިސްޓިއާނޯ ރޮނާލްޑޯއާ ހަމަކޮށްފިއެވެ. މި ރެކޯޑާ އެމްބާޕޭ ހަމަކުރީ ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޕެނަލްޓީއަކުން ލަނޑު ޖަހައިގެންނެވެ. މި މެޗު ރެއަލް މެޑްރިޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު އެމްބާޕޭއަށް ގިނަ ފުރުސަތުތަކެއް ގެއްލިގެންދިޔަނަމަވެސް، މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ގޯލު ޖަހައިފައެވެ. މިއީ 2025 ވަނަ އަހަރުގެ ތެރޭގައި އޭނާ 59 މެޗުން ޖެހި 59 ވަނަ ގޯލެވެ. މިއާއެކު، 2013 ވަނަ އަހަރު ރޮނާލްޑޯ ހޯދި ރެކޯޑާ އެމްބާޕޭ ވަނީ ހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ރެއަލް މެޑްރިޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމްއެވެ. ސެވިއްޔާގެ މާކާއޯއަށް ދެވަނަ ރީނދޫ ކާޑު ދެއްކުމާއެކު އެ ޓީމު 10 ކުޅުންތެރިންނަށް މަދުވިއިރު، ރެއަލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާގެ ފަރާތުން މެޗުގައި މޯޅެތި ސޭވްތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މި މޮޅާއެކު ރެއަލް މެޑްރިޑް މިހާރު އޮތީ ލަލީގާގެ ތާވަލުގެ ދެވަނައިގައި 42 ޕޮއިންޓާއެކުގައެވެ. އެއް ވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އެއް ޕޮއިންޓު ފަހަތުގައެވެ. ސެވިއްޔާ އޮތީ 20 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 2 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 7 ދުވަސް ކުރިންޕެނަލްޓީއެއް ނުލިބި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެ، ބާސާއަށް ލީގު ހަދިޔާކުރުމާއި ގާތަށްކުޅިވަރު | 11 ދުވަސް ކުރިންނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 16 ދުވަސް ކުރިން