logo
Bank of Maldives

Bank of Maldives

ޚަބަރު

ކުލި ނުދައްކައިގެން ހިޔާ ފްލެޓްތަކަށް އެރި ޖޫރިމަނާ މައާފުކޮށްދީފި

ޢައްފާން މުޙައްމަދު
21 ޑިސެމްބަރު 2025 - 05:53
ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ ހިޔާ ފެލްޓްތައް
ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ ހިޔާ ފެލްޓްތައް

ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތަކުން އެޗްޑީސީ އަށް ބަރާބަރަށް ކުލި ނުދައްކާ މައްސަލަ އިންތިހާއަށް ބޮޑު ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފިއެވެ.

ޖޫރިމަނާ މަޢާފްކޮށްދީފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެޗްޑީސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށް އެޗްޑީސީން ހާމަކުރި މައުލޫމާތުން އެނގެއެވެ. މަޢާފްކޮށްދީފައިވަނީ މިިދިޔަ އަހަރުގެ ޖަނައަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.

މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.

އެންމެ ފަހުން މި އަހަރުގެ ޖުލައި މަހު އެޗްޑީސީން އާންމުކުރި ހިސާބުތަކަށް ބަލާއިރު އެ ކުންފުނިން މެނޭޖުކުރާ ގެދޮރުގެ މަޝްރޫއުތަކަށް ބަލާއިރު ކުލީގެ ގޮތުގަ އާއި ޖޫރިމަނާގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ ހިޔާ ފްލެޓުގައި އުޅޭ މީހުންގެ އަތުންނެވެ.

އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ކުއްޔަށް ދޫކޮށްފައިވާއިރު ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ކުއްޔެވެ. އެއީ މެނޭޖްމެންޓް ފީގެ އިތުރުން ޖޫރިމަނާ އާއި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަން ބުނެފައިވާ އަދަދުތަކެވެ.

މި އަހަރުގެ ޖުލައި މަހާ ހިސާބަށް ދައްކާ ގޮތުން އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. ބާކީ 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ 4000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ދަށްކޮށްފަ އެވެ. އަދި ތިން ކޮޓަރީގެ އެޕާޓުމަންޓުގެ ކުލި ކުޑަކުރީ 9،000ރ. އިން 8،500ރ. އަށެވެ. އެ ކަމަކު މެއިންޓަނެންސް ފީގެ ގޮތުގައި ނަގަމުން އައި 1،000ރ. ކުރިއެކޭ އެއްގޮތަށް ނަގާނެ އެވެ.

އެފްޑީސީގެ 4،000 ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓުމަންޓުގެ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ނަގަން ނިންމި 15،000ރ. ވެސް 6،000ރ. އަށް ކުޑަކޮށްފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކުރީ 25،000ރ. އިން 8،500ރ. އަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިވާނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުލި ނުދައްކައިގެން ހިޔާ ފްލެޓްތަކަށް އެރި ޖޫރިމަނާ މައާފުކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިންހިޔާ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީޚަބަރު | 2 ދުވަސް ކުރިންހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެޚަބަރު | 17 ދުވަސް ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 2 މަސް ކުރިން