logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 11:36
މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މިސްކިތަށް ދީފައިވާ ނަމަކީ، މަސްޖިދުލް އީމާންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި، ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ފުރުވާލަނީޚަބަރު | 6 ދުވަސް ކުރިންބަންޑާރަ މިސްކިތް ތަޅާލުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއަށްފަހު: މިނިސްޓަރޚަބަރު | 7 ދުވަސް ކުރިންމާލޭގެ ހުރިހާ މިސްކިތެއް އައު ކުރުމުގެ އަމާޒަށް ވާސިލުވަނީޚަބަރު | 8 ދުވަސް ކުރިންޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ!ޚަބަރު | 17 ދުވަސް ކުރިން