logo
Bank of Maldives

Bank of Maldives

ޚަބަރު

ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ!

ޒިދާން މުޙައްމަދު
25 ފެބްރުއަރީ 2026 - 17:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙާފިޒުކަމުގެ ސަނަދު ހާފިޡަކަށް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙާފިޒުކަމުގެ ސަނަދު ހާފިޡަކަށް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކުރރެއްވީ އެ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މި އަހަރަކީ ތާރީޚީގޮތުން އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި މީގެ ކުރިން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 21 ކުއްޖަކު ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާނު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު މި ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާއިރު 42 ހާފިޒަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ މެޑަލް ހާސިލްކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު 280 އަށް ވުރެ ގިނަ ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން ވެސް އަންނަ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

ހާފިޒުން ދަސްވެނިވުމުގެ ހަފްލާއެއް ރާއްޖޭގައި އަލަށް ބޭއްވީ މިދިޔަ 2025 ވަނަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭ ރެއެވެ. ރައީސް ވަނީ ދެން ކޮންމެ އަހަރަކު ވެސް ހާފިޒުންނަށް އިނާމާއި މެޑަލް ދޭނީ ރޯދަ މަހުގެ 27 ވިލޭ ރޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށް ނިންމަވައިފައެވެ.

ސަރުކާރުން މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް ވަނީ މިދިޔަ އޮގަސްޓް މަހު 4،000ރ. އަށް ބޮޑުކޮށް ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ!ޚަބަރު | ގަޑިއިރެއް ކުރިންރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ވަޒީރު ޝަހީމް ގޮވާލައިފިޚަބަރު | 6 ދުވަސް ކުރިންމި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭޚަބަރު | 7 ދުވަސް ކުރިންމި ރޯދަމަހު އިތުރު 19 މިސްކިތެއް ހުޅުވަނީޚަބަރު | 7 ދުވަސް ކުރިން