logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ

އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 11:53
ބީއެމްއެލްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ބެންކު އޮފް މޯލްޑިވްސްއިން 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކުން ބުނީ މި ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުންކަމަށެވެ. މި ސްކޮލަރޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީއިންނެވެ.އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއްކަމަށެވެ.

" މި ސްކޮލަރޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން".ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ޝަރީފް ވިދާލުވީ ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ ލިބުނު އުފަލެއްކަމަށެވެ.

" މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އައު ފުރުސަތުތައް ހޯދައިދީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ". އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބެންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލުން ކުދި ވިޔަފާރިތަކަށް ޙާއްސަ އިސްލާމިކް ފައިނޭންސިންއެއްވިޔަފާރި | 16 މިނިޓު ކުރިންބީއެމްއެލްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީވިޔަފާރި | 2 ގަޑިއިރު ކުރިންބީއެމްއެލްއިން ޔޫނިއަންޕޭއާއެކު ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 3 ދުވަސް ކުރިންބީއެމްއެލްއާއި ވީޗެޓްޕޭ އަދި ވިޒިޓް މޯލްޑިވްސްގެ ވަރުގަދަ އެއްބަސްވުމެއްވިޔަފާރި | 4 ދުވަސް ކުރިން