logo
Bank of Maldives

Bank of Maldives

ޚަބަރު

ގަލުފަޅުގެ ނަން "އަތަމަނަ" އަށް!

ޒިދާން މުޙައްމަދު
22 ޑިސެމްބަރު 2025 - 10:28
ގަލުފަޅުގެ ނަން "އަތަމަނަ" އަށް!

އިވެންޓު ސެންޓަރެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ މާލެ އަތޮޅު ގަލުފަޅުގެ ނަން "އަތަމަނަ" އަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ބަދަލުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މާލޭގެ ހުޅަނގުއުތުރުން 2.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ، ފަޅުގެ ނަން ބަދަލުކުރަން ނިންމީ ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީގެ މި އަހަރުގެ ދެ ވަނަ ބައްދަލުވުމަށް ފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުނެވޭ ގޮތުގައި ވެރިރަށް މާލެއަށް އިހުގައި "އަތަމަނަ ހުރާ" ކިޔާ އުޅުނެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމަށް ހުންނެވި ދުވަސްވަރު، މި ނަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަފުތާ މަޖައްލާއެއް ނެރެފައެވެ.

އަތަމަނައަކީ ބިންވެރިޔާ ސްކީމަށް ހުޅުމާލޭން ގޯތި ދޭން ޖެހުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުގެ ގޮތުގައި ދީފައި އޮތް ފަޅެކެވެ.

އެތަން އޮންނަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ހިސާބުގައެވެ.

ގަލުފަލު ހިއްކައިގެން ތަރައްގީކުރާއިރު، ކުރިން މާލެ އާއި މާލެ ކައިރި ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކ. ކުޑަބަނޑޮސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައެވެ. އަދި ކ. ފޭދޫފިނޮޅު ވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް ކުއްޔަށްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންމިދިޔަ ހަފްތާގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކުރިޚަބަރު | މަހެއް ކުރިންދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެޚަބަރު | 2 މަސް ކުރިންފިޗުން، ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފިޚަބަރު | 4 މަސް ކުރިން