logo
Bank of Maldives

Bank of Maldives

ޚަބަރު

75 ހާސް މެންބަރުން ހަމަވާނެ، މި ކާމިޔާބުގެ ސިއްރަކީ ރައީސް މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ބަލައިގަނެފައިވުން: އަބުދުއްރަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޮކްޓޯބަރު 2024 - 14:52
75 ހާސް މެންބަރުން ހަމަވާނެ، މި ކާމިޔާބުގެ ސިއްރަކީ ރައީސްގެ ސިޔާސަތު: އަބުދުއްރަހީމް

ޕީއެންސީވެގެންދާނީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ބަޔަކު ވަތް ޕާޓީއަށް ކަމަށާއި، މި ކާމިޔާބުގެ ސިއްރަކީ ރައީސް މުޢިއްޒު ގެންގުޅުއްވާ ތަރައްގީގެ ވިސްނުންފުޅު ރައްޔިތުން ބަލައިގަތުންކަމަށް އެ ޕާޓީގެ ޗެއާޕާސަން. މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީގެ މެންބަރޝިޕް ޑްރައިވްގައި ބައިވެރިވެވަޑަައިގެން ހުޅުމާލޭގައި ހުންނަވައި މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބުދުއްރަހީމް ވިދާޅުވީ، މި އަންނަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހާއި ހަމައަަށް ދާއިރު، ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުންގިނަ ޕާޓީއަށް ހެއްދެވުމަކީ ރައީސްގެ އަމާޒު ކަމަށެވެ.

އެ އަމާޒަށް ވާސިލްވެވި، އެ މުއްދަތަށް 75 ހާސް މެންބަރުން ހަަމަވާނެ ކަމަށާއި، އެކަމާމެދު އެއްވެސް ސުވާލެއްނެތް ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.

މިއީ ސިޔާސީ ޕާޓީއަކަށް މިހާ ކުރުމުއްދަތެއްގައި މިހާ ގިނަ ބަޔަކު އެއްފަހަރާ ވަތް ފަހަރުކަން ފާހަގަކުރައްވައި، ފެނިގެން ދަނީ ރައީސް މުއިއްޒުގެ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވުންކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

''ޔަގީންކަމާއެކު ދަންނަވަންކެރޭ މިއަހަރުގެ ނޮވެމްބަރުމަހުގެ މެދަކާއި ހަމައަށްދާއިރު، އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީ ވެގެންދާނީ 75 މެންބަރުންތިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް'' އަބުދުއްރަހީމް ވިދާޅުވެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން: އަބުދުއްރަހީމްޚަބަރު | 14 ގަޑިއިރު ކުރިންރޯދައިގެ ފައިދާ ފުރިހަމައަށް ލިބިގަތުމަށް އަބުދުއްރަހީމްގެ ނަސޭހަތެއް މެމްބަރުންނަށް ޚަބަރު | 8 މަސް ކުރިންމަސްވެރިންގެ ހައްގުތަކަށް ހޯދައިދިނުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅަށް އަބުދުއްރަޙީމްގެ ޝުކުރުޚަބަރު | 10 މަސް ކުރިންފައްޔާޒުގެ ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން: އަބުދުއްރަހީމްޚަބަރު | 10 މަސް ކުރިން