logo
MPL

MPL

ޚަބަރު

ރޯދައިގެ ފައިދާ ފުރިހަމައަށް ލިބިގަތުމަށް އަބުދުއްރަހީމްގެ ނަސޭހަތެއް މެމްބަރުންނަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 މާރިޗު 2025 - 14:08
ރޯދައިގެ ފައިދާ ފުރިހަމައަށް ލިބިގަތުމަށް އަބުދުއްރަހީމްގެ ނަސޭހަތެއް މެމްބަރުންނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ މެމްބަރުންނަށް ރޯދަ މަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ ރޯދަ މަހުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް ހުރިހާ މެމްބަރުން މަސައްކަތް ކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މާތް ﷲ އަޅުގަނޑުމެންނަށް މި ދެއްވި މަތިވެރި ނިއުމަތް، އެއީ ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ނިއުމަތް މިންވަރު ކުރެއްވީމަ އެކަމަށް ޝުކުރުވެރިވުމަކީ އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށް ދަންނަވަން. އެކަމަށް އަދިވެސް އެއްފަހަރު ނަސޭހަތްތެރިވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރޯދަ މަހަކީ އެހެން ހުރިހާ މަހަކަށްވުރެ އަޅުކަމަށް ޚާއްޞަވެގެންވާ މަހެކެވެ. އެހެންކަމުން، މި މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގަތެވެ. އަދި މުއުމިނުންނަށް ހަނދާންކޮށްދިނުމަކީ ފައިދާކުރަނިވި ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 4 ގަޑިއިރު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | ދުވަހެއް ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 6 ދުވަސް ކުރިން