logo
Bank of Maldives

Bank of Maldives

ޚަބަރު

ފައްޔާޒުގެ ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން: އަބުދުއްރަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޑިސެމްބަރު 2024 - 03:24
ފައްޔާޒުގެ ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން: އަބުދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކި ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުންކަމަށާއި އެކަން ސީރިއަސްކަމާއެކު ބަލަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވަނީ ކުޅުދުއްފުށީގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކާއި ގުޅުވައި "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އަވަހާރަކޮށްލަން ހިތްވަރުދީ ވާހަކަ ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވީޑިއޯ ހިއްސާ ކުރަށްވައި އަބުދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ''މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން.'' ކަމަށެވެ.

''މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއް.ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ.'' އަބުދުއްރަހީމް ވިދާޅުވެފަވެއެވެ.

 

View post on Twitter

 

އަބުދުއްރަހީމްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، އާންމުންނާއި އެކިއެކި ސިޔާސީ ބޭފުޅުން ވެސް އަންނަނީ އެކަން ކުށްވެރިކޮށް އެކަން ބަލަންޖެހޭކަމަށް ބުނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު: އަބުދުއްރަޙީމްޚަބަރު | 7 ދުވަސް ކުރިންޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމްޚަބަރު | 17 ދުވަސް ކުރިންއިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ޚަބަރު | މަހެއް ކުރިންބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމްޚަބަރު | 3 މަސް ކުރިން