logo
MPL

MPL

ޚަބަރު

2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޯގަސްޓު 2026 - 03:30
އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް

 

2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސް ކުރިއަށްދާނީ މި ހިނގާ މަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންގައެވެ.

މި ކޮންފަރެންސްގެ ތެރެއިން ބާއްވާ ބައްދަލުވުމެއްގައި، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސަކީ، ދުނިޔޭގެ ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމާއި، ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ އިތުރުން، ޤައުމުތަކުގެ ގުޅިފައިވާ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމުގައި މަޝްވަރާކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | 4 ގަޑިއިރު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | ދުވަހެއް ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 6 ދުވަސް ކުރިން