ޢަދާލަތުން ސަރުކާރާ ގުޅުމުން ދޭހަވަނީ ރައީސް މުޢިއްޒަށް އޮތް އިތުބާރު: ޢަބްދުއްރަޙީމް
17 ނޮވެމްބަރު 2026 - 08:00

ޢަދާލަތުން ސަރުކާރާ ގުޅުމުން ދޭހަވަނީ ރައީސް ޑރ. މުޢިއްޒަށް އޮތް އިތުބާރުކަމަށް ޢަބްދުއްރަޙީމް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޢަދާލަތު ޕާޓީގެ މެދުގައި ރަސްމީކޮށް އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބާރސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އަދި އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއަކުން ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވުމުން ދޭހަކޮށްދެނީ ގައުމުގެ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ކުރައްވަމުން ގެންދަވާ އިތުބާރު ކަމަށެވެ.
"މީގެން ދައްކުވައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ގައުމުގެ ބޮޑުބައި ހަރުދަނާ، ހޭލުންތެރި، ވިސްނުންތެރި، ބުއްދިވެރި މީހުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގަކަން. އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކޮށްގެންކަން. އެމަނިކުފާނަށް ތާއީދު ދެއްވަންކަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުاللهއެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާންއެވެ.
ދެ ޕާޓީގެ ދެމެދުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

-01.jpg&w=3840&q=75)
