ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
މުހައްމަދު މޫސާ
06 އޮކްޓޯބަރު 2024 - 01:39
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދު ތަކަށެވެ.
މި އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި އެލާޓްގެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ރޭ 21:00 ގައި ނެރުނު އެލާޓް ދެވަނަ ފަހަރަށް މިއަދު 7:30 އާއި ހަމައަށް އިތުރުކޮށްފައިވާއިރު، އަދި ވެސް މޫސުން ގޯސްވަމުން ދިޔުމާއެކު މި އެލާޓްގެ ވަގުތު ދަންމާލާނެކަމަށް ބެލެވެއެވެ.