logo
ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިBank of Maldives

Bank of Maldives

ޚަބަރު

ސޯޝަލް ހައުސިން ބިދޭސީންނަށް ކުއްޔަށްދޭނަމަ އެއްބަސްވުން އުވާލަނީ

އިސްމާޢިލް ރާތިޢު
25 ޑިސެމްބަރު 2025 - 04:43
ވިނަރެސް ފްލެޓްތައް -- ފޮޓޯ: އެޗްޑީސީ
ވިނަރެސް ފްލެޓްތައް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފިއެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުމާލޭގައި ތަރައްގީކޮށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން އެޗްޑީސީން ކުރި އިއުލާނެއްގައި ފާހަގަކޮށްފައިވެއެވެ.

މިފަދައިން ސޯޝަލް ހައުސިންގގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ 3 ޖަނަވަރީ 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އެޗްޑީސީން އަންގާފައިވެއެވެ.

އަދި ފްލެޓު ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ހަނދާންކޮށްދީފައި ވެއެވެ.
3 ޖަނަވަރީގެ ފަހުން ހުޅުމާލެއިން ދުކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިންގ ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަންއާއިއެކު ވެފައިވާ ފްލެޓު އެއްބަސްވުން އުވާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ޝުކުރުއަދާކޮށްފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 4 ދުވަސް ކުރިންއެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 21 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | މަހެއް ކުރިންގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | މަހެއް ކުރިން