logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިން އެދުނީ ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް

އާމިނަތު ޝަފާ
6 އޮކްޓޯބަރު 2024 - 03:36
ތ. އަތޮޅުގެ މަސްވެރިން ބޭނުންވަނީ ފަސޭހައިން އައިސް ލިބޭނެ ނިޒާމެއް// ފޮޓޯ: މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ތ. އަތޮޅުގެ މަސްވެރިން ބޭނުންވަނީ ފަސޭހައިން އައިސް ލިބޭނެ ނިޒާމެއް// ފޮޓޯ: މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ތ. އަތޮޅުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިއްޖެއެވެ.

މަސްވެރިން މިކަމަށް އެދުނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ ރައީސް އަދި މެންބަރުންންނާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ތ.ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އަދި ކަންބޮޑުވުންތައް ވަޒީރު އަޙްމަދު ޝިޔާމް އަރިހުގައި ޙިއްޞާކުރައްވާފައެވެ.

އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސަވައި ދެއްވުމަށް، ވުޒާރާގެ އެހީތެރިކަމަށް އެދިލެއްވިއެވެ. މީގެއިތުރުން ތ. ވޭމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމް ކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ކައުންސިލުން، ރަށުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށް ވަނީ އެދިވަޑައިގަތެވެ. ކައުންސިލުގެ ބޭފުޅުން އިތުރަށް ހުށަހެޅުއްވި ކަމުގެ ތެރޭގައި ތ. ފުނައްޑޫގެ ކާރުޚާނާގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް ދެއްވުމަށް ވަނީ އެދިލައްވާފައިއެވެ.

ވަޒީރު އަޙްމަދު ޝިޔާމް، ދެއްކެވި ވާހަކަފުޅުގައި ތ. ވޭމަންޑޫގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ވަޒީރު އަޙްމަދު ޝިޔާމް، މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ އާރް.އެސް.ޑަބްލިއު އެޅުމަށް އެސް.ޑީ.އެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލުއިލޯނާ ގުޅޭ މަޢުލޫމާތު ވަނީ ކައުންސިލުގެ ބޭފުޅުންނަށް ޙިއްޞާކުރެއްވިއެވެ.

އަދި ބައްދަލުވުން ނިންމަވާލައްވަމުން ވަޒީރު ވަނި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން މަސްވެރިންނަށް އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 20 ގަޑިއިރު ކުރިންމާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 12 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 12 ދުވަސް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 15 ދުވަސް ކުރިން