logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: ވަޒީރު އިޙްސާން

އިސްމާޢިލް ރާތިޢު
26 ޑިސެމްބަރު 2025 - 04:56
ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: ވަޒީރު އިޙްސާން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ގިނަ ގާނޫނުތަކެއް ހުރި ނަމަވެސް، އެ ގާނޫނުތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ނުކުރެވޭތީ ރައްޔިތުންގެ މެދުގައި މުއައްސަސާތަކަށް އޮތް އިތުބާރު ކުޑަވެފައިވާކަމަށެވެ. ވަކީން ހާއްސަކޮށް، ބައެއް މުވައްަފުންގެ ފަރާތުން ފެނިފައިވާ ނޭދެވޭ ކަންކަމުގެ ސަބަބުން، ތަންފީޒީ އިދާރާތަކާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަރަށް ކުޑަވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، މިކަން ހައްލުކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުގެ ވާހަކައިގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަނުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 202,000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު އޮޕަރޭޝަނެއް، އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި މަރުހަލާގައި، ރަސްމީ ގޮތުން ހަވާލުވާނެ މީހަކު ނެތް ބިދޭސީންނާއި ފިލައިގެން އުޅޭ މީހުންނަށް ސައްހަ ވޯކް ޕަރމިޓު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތެއް އަންނަ އޭޕްރީލް މަހުގެ 2 ކުން ފެށިގެން 2027 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކަށް އޮންނަ އިތުބާރު އަލުން ހޯދައިދެއްވަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބާކީ އަނެއް އަހަރަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ހުޅުވާލި ހުރިހާ ފުރުސަތެއްގަ، ފިންގަރ ޕްރިންޓު ވެސް ނުދީ، ދަފްތަރެއް ހުޅުވާލީމަ ދަފްތަރުގަވެސް ނުޖެހި، ދެން ގަވާއިދާ ހިލާފަށް އުޅޭ މީހުން ހިފާ ހައްޔަރުކޮށް ރާއްޖޭން ބޭރުކުރުން. އެހެންމަ އެކަންތައް އަޅުގަނޑުމެން ކޮމްބައިންކޮށް ރާއްޖޭގެ ކައުންސިލްތަކާއި، ފުލުހުންނާއި، އިމިގްރޭޝަނާ އެއްކޮށް، ކޮމްބައިން އެފޮޓެއް ލައިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ސާފުކުރާނަން. ކުރާއިރުގަ އަޅުގަނޑުމެން ޖަވާބެއް ހޯދާނަން 2027 ވަނަ އަހަރުގެ މޭ މަހާ ހިސާބަށް.

ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކޮށް، ދައުލަތުގެ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދައިދެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ދެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: ވަޒީރު އިޙްސާންޚަބަރު | 2 ގަޑިއިރު ކުރިންސޯޝަލް ހައުސިން ބިދޭސީންނަށް ކުއްޔަށްދޭނަމަ އެއްބަސްވުން އުވާލަނީޚަބަރު | ދުވަހެއް ކުރިންގަވާއިދާ ހިލާފު ކޮންޓްރަބޭންޑް ގެންގުޅެނީ ބިދޭސީން: ސީޕީ ނަވީންޚަބަރު | 8 ދުވަސް ކުރިންބިދޭސީންގެ މައްސަލަ: މިއަދުވެސް ތިން މީހަކު ހައްޔަރުކޮށްފިރިޕޯޓް | 24 ދުވަސް ކުރިން