logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި ފައިދާ ނަގަމުންދިޔުން ހުއްޓުވާނަން: ވަޒީރު އިޙްސާން

ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި ފައިދާ ނަގަމުންދިޔުން ހުއްޓުވާނަން: ވަޒީރު އިޙްސާން

 

ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި ފައިދާ ނަގަމުންދިޔުން ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސައްކަތްތެރިންގެ ދުވަހު މާލޭގައި ބޭއްވި ހާއްސަ ހިނގާލުމުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒް ފައިދާ ނެގުން ހުއްޓުވައި ދިވެހިންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

ވަޒީރު ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިންނެވެ. ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ހުރިހާ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި، މީގެ ކުރިން މަސައްކަތްތެރިންގެ ހައްގުގައި އުފުލިފައިވާ އަޑުތަކަށް ފުރިހަމަ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކުރާނެ ކަމަށެވެ. އަދި ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ހިނގާލުމަކީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެ ވުޒާރާއިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. ގައުމު ބިނާކުރުމުގައި މަސައްކަތްތެރިން އަދާކުރާ ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި މި ހިނގާލުމުގައި ތަފާތު ފަންނުތަކުގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ބައިވެރިވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި ފައިދާ ނަގަމުންދިޔުން ހުއްޓުވާނަން: ވަޒީރު އިޙްސާންޚަބަރު | 2 ގަޑިއިރު ކުރިންބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: ވަޒީރު އިޙްސާންޚަބަރު | 4 މަސް ކުރިންބްރިޖުގައި އެކްސިޑެންޓެއް: އަނިޔާވި މީހުންނަށް އެހީވުމުގައި ވަޒީރު އިޙްސާންޚަބަރު | 5 މަސް ކުރިންއެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ، ދުރަށް ޖެއްސީ ނަސޭހަތް ދިނުމަށްފަހު: ވަޒީރު އިޙްސާންޚަބަރު | 8 މަސް ކުރިން