logo
Bank of Maldives

Bank of Maldives

ޚަބަރު

މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓްކުރަނީ

މުޙައްމަދު އަފްރާޙް
23 އޭޕްރީލު 2026 - 05:55
މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓްކުރަނީ

މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148417 މީހުން ތިބިކަމަށެވެ. އެހެންނަމަވެސް އެމީހުންނަކީ ރާއްޖޭގައި އުޅޭ ނުވަތަ ރާއްޖެއިން ބޭރުގައި ތިބި ބައެއްކަން ޔަޤީން ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ އޭރު ރާއްޖޭގައި ޤަވައިދާ އެއްގޮތަށް ތިބިކަމަށް ސިސްޓަމުން ދެއްކީ %28.97 މީހުންކަމަށާއި އެއަދަދު މިދިޔަ ދެ އަހަރު ކުރި މަސައްކަތުން އިތުރުވެފައިވާކަމަށެވެ. އަދި މިދިޔަ ދެއަހަރު ކުރި މަސައްކަތުން ފުރިހަމައަށް ފީތައް ދައްކާ އަދި ޑޮކިއުމަންޓްތައް ހަމަކޮށްފައިވާ ބިދޭސީން އަދަދު %62 އަށް އިތުރުވެފައިވަކަމަށާއި މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަޑަކަށް ދެލައްކަ ހަ ހާސް މީހުންގެ ފިންގަރ ޕްރިންޓް ނަގާ ބަޔޯމެޓްރިކްސް މަޢުލޫމާތު ހަމަކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު އެ މަޢުލޫމާތުތައް ނުދީ ތިބީ 2933 މީހުންކަމަށާއި އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ފޭސް 3 ގެ މަސައްކަތް ފަށާނެކަމަށާއި އެ ތާރީޚުން ފެށިގެން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަޢުލޫމާތު ނުދޭ މީހުން ހޯދާ ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެކަމަށެވެ.

މީގެއިތުރުން ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނާނެ ކަމަށާއި އެހެންކަމުން ވިސާ ފީތައް ދައްކާ ޤަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަަށް ވަނީ އެދިވަޑައިގެންފއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓްކުރަނީޚަބަރު | 2 ގަޑިއިރު ކުރިންދަނާލުގައި ނިޔާވި މީހާގެ މައްސަލަ: ފުލުހުން އަމަލުކުރިގޮތް ބެލުމަށް އިންޓަރނަލް އިންކުއަރީއެއް ހިންގަނީޚަބަރު | 3 ގަޑިއިރު ކުރިންބިިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް އިސްލާހެއް!ޚަބަރު | 15 ދުވަސް ކުރިންގަވައިދަށް ނުފައްތާ ތިބި ބިދޭސީންނަށް އިތުރު މުހުލަތެއް ދީފިޚަބަރު | 22 ދުވަސް ކުރިން