logo
Bank of Maldives

Bank of Maldives

ޚަބަރު

އާންމު ގޮތެއްގައި މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް ގަދަވާނެ!

ޒިދާން މުޙައްމަދު
26 ޑިސެމްބަރު 2025 - 10:51
މޫސުން ގޯސްވުން
މޫސުން ގޯސްވުން

އާންމު ގޮތެއްގައި މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މިހާރު މިއީ އިރުވައިގެ ދެވަނަ ނަކަތް 'ފުރަހަޅަ'އިގެ ދުވަސްތަކެވެ.

އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | މަހެއް ކުރިންކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެެޓް އޮފީސްޚަބަރު | މަހެއް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެޚަބަރު | މަހެއް ކުރިން