ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެ
5 ފެބްރުއަރީ 2026 - 05:23

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެއެވެ.
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރައްހަދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ މިސަމާލު ނެރފައެވެ.
މެޓް އޮފީހުން ނިމުތުކޮށްފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 19 މޭލާއި 24މޭލާއި ދެމެދު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރު ކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހާ ބޭފުޅުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.


