logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ފޮތް ކިޔުމަށް ހާއްސަ "ރީޑިންގ ނުކް" އެއް

އިސްމާޢިލް ރާތިޢު
27 ޑިސެމްބަރު 2025 - 04:55
ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިންގ ނުކް" އެއް ގާއިމްކޮށް، އެތަން ހުޅުވައިފިއެވެ.

މިތަން ގާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ނުވަތަ ރުއްގަނޑު 3 ސަރަހައްދުގައެވެ.

މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމުކުރި ތަނެއްކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެއެވެ.

އެޗްޑީސީން ބުނީ، މި ނުކްއިން 1 އަހަރާއި 6 އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި 6 އަހަރާއި 10 އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެކަމަށެވެ.
ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެކަމަށް އެޗްޑީސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރީޑީންގ ނުކް ހުޅުވުފައި ހުންނާނީ، ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓު އިތުރުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ޕްރޮޖެކްޓެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ފޮތް ކިޔުމަށް ހާއްސަ "ރީޑިންގ ނުކް" އެއްޚަބަރު | 2 ގަޑިއިރު ކުރިންފޮތްތެރި ބަޔަކަށް ހިޔާ ސަރަހައްދުގެ މީހުން ހެދުމަށް ފޮތް ކިޔޭނެ ތަނެއް ހަދައި ހުޅުވައިފިޚަބަރު | 15 ގަޑިއިރު ކުރިންސޯޝަލް ހައުސިން ބިދޭސީންނަށް ކުއްޔަށްދޭނަމަ އެއްބަސްވުން އުވާލަނީޚަބަރު | 2 ދުވަސް ކުރިންހިޔާ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީޚަބަރު | 8 ދުވަސް ކުރިން