logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 10:48
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު އިފްތިތާޙްކުރެވުނު އެކްޝަން ޕްލޭނަކީ ވުޒާރާގެ އިން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަމަކަށް ވުޒާރާއިން މައުލޫމާތުދެއެވެ. ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙާސިލްކުރެވޭނެ މަގުންކަމަށާއި މިއީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެއްކަމަށް ވުޒާރާއިން ބުނެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށްވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާއިރު، އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޝަން ޕްލޭނަކީ ވުޒާރާގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | 13 ދުވަސް ކުރިންޙައްޖު ޢުމްރާ ކޮންފަރެންސް ކާމިޔާބުކަމާ އެކީ ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިންޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް ޚަބަރު | 19 ދުވަސް ކުރިން