logo
Bank of Maldives

Bank of Maldives

ޚަބަރު

2026 ވަނަ އަހަރު ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށް: ވަޒީރު ޝަހީމް

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 10:59
2026 ވަނަ އަހަރު ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށް: ވަޒީރު ޝަހީމް

2026 ވަނަ އަހަރު ވެގެންދާނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަރަށް ކާމިޔާބު އަހަރަކަށްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކުރުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ތެރޭގައި ވުޒާރާއިން ފާއިތުވެދިޔަ ދެ އަހަރު ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ހަޤީޤީ މަންޒަރު ފެނިގެންދާނެކަމަށާއި ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު ޕްރޮގުރާމުތަކަށްވެސް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ. އެގޮތުން މިހާރު ފެށިފައިވާ ވަޤްފު މަޝްރޫޢުތަކުގެ މަންޒަރު ފެނިގެންދިއުމާއި، ބިންގާ އެޅި މަސައްކަތް ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ ބޮޑުބައިވެސް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާން ޚަޠީބުން ޕްރޮގުރާމުގެ އިތުރު ބުރުތަކާއެކު އިތުރު ޒުވާން ޚަޠީބުންތަކެއް އުފެދިގެންދިއުންވެސް ވެގެންދާނީ ފާހަގަކޮށްލެވޭ ކާމިޔާބީއަކަށްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެކްޝަން ޕްލޭނެއް ހަދައިގެން، ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފާއިތުވެދިޔަ ދެ އަހަރުވެސް ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިވިފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތާއެކުކަން ފާހަގަކުރައްވާ ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި 2026 ވަނަ އަހަރުވެސް މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު އެކި ޕްރޮގުރާމުތަކާއި ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރުގެ ވާހަކަފުޅުގައި ދެއްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2026 ވަނަ އަހަރު ވެގެންދާނީ ވަރަށް ކާމިޔާބު އަހަރަކަށް: ވަޒީރު ޝަހީމް ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ ފަށަނީޚަބަރު | 18 ދުވަސް ކުރިންރާއްޖޭގެ ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގަ ފުރަތަމަ ފަހަރަށް ޚާއްޞަ ކްލިނިކެއް ޚަބަރު | 7 މަސް ކުރިންއުސޫލާއި ޚިލާފުވުމުން އަސްކޮއި ގުރޫޕު ޖުރިމަނާކޮށްފިޚަބަރު | 7 މަސް ކުރިން