logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ: މެޓް

ޒިދާން މުޙައްމަދު
28 ޑިސެމްބަރު 2025 - 11:16
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް، މުލަ ނިމި 'ފުރަހަޅަ' މިވަނީ ފެށިފައެވެ. އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ: މެޓް ޚަބަރު | 3 ގަޑިއިރު ކުރިންއާންމު ގޮތެއްގައި މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް ގަދަވާނެ!ޚަބަރު | 2 ދުވަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދުންފުހާއި ކެރީގެ އަަސަރު ފޯރާނެ: މެޓްޚަބަރު | 4 ދުވަސް ކުރިންއިރުވައިހަޅައިގެ ފުރަހަޅަ މާދަމާ ލައިގަންނާނެ!ޚަބަރު | 6 ދުވަސް ކުރިން