logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނުގެ ނޫސްވެރި އާއިލާތަކުން 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޒިދާން މުޙައްމަދު
28 ޑިސެމްބަރު 2025 - 11:39
ފަލަސްތީނުގެ ނޫސްވެރި އާއިލާތަކުން 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ނޫސްވެރި އާއިލާތަކުން 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ނޫސްވެރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ގެށި ފަހުން މިހާތަނަށް ފަލަސްތީނުގެ ނޫސްވެރިންގެ އާއިލާތަކުގެ 706 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޫސްވެރިންގެ ޖަމާއަތަކުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ނޫސްވެރިކަން ހުއްޓުވުމުގެ ގޮތުން އިސްރާއީލުން ރާވައިގެން ނޫސްވެރިންގެ އާއިލާތަކަށް ހަމަލާ ދެމުން އަންނަ ކަމަށެވެ.

އެ ޖަމާއަތުގެ ފްރީޑަމްސް ކޮމިޓީގެ އިސްވެރިޔާ މުހައްމަދު އަލް ލަހްހަމް ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ދިން ހަމަލާތަކުން ދޭހަވަނީ ޣައްޒާގައި މިނިވަން ނޫސްވެރިކަން ހުއްޓުވަން އިސްރާއީލުން ގަސްތުކުރާ ކަމަށެވެ.

ހަނގުރާމަތަކާއި އަސްކަރީ ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ގަސްދުގައި ހަމަލާ ދިނުމަކީ، ވަރަށް މަދު ފަހަރެއްގައި ނޫނީ މީގެ ކުރިން މެދުވެރިވާ ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ ހިނގާ ކަމެއް ވެސް ނޫނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ހަގީގަތްތައް ދުނިޔެއަށް ބޭޒާރުވަމުން ދަނީ، ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ތިބި ހިތްވަރު ގަދަ ނޫސްވެރިންގެ ސަބަބުންނެވެ. ޚާއްސަ ގޮތެއްގައި އަލްޖަޒީރާގެ އަރަބި ޗެނަލްގެ ނޫސްވެރިންގެ ހިތްވަރުގެ ސަބަބުންނެވެ.

އެ ނޫސްވެރިން ޣައްޒާގައި ހަރަކާތްތެރިވަމުން ދަނީ، ހަމަލާތައް ދިނުމުގައި ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެ ކަމަށް އިސްރާއީލުން ބުނެފައިވަނިކޮށެވެ. އިސްރާއީލުން އެހެން ބުނާ އިރު، އެއީ ނޫސްވެރިންކަން އެނގި ތިބެ އިސްރާއީލު ސިފައިން ގަސްދުގައި ދިން ހަމަލާތަކުގައި އެތައް ނޫސްވެރިންނެއް ޝަހީދުވެއްޖެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | ދުވަހެއް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | 15 ދުވަސް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | 21 ދުވަސް ކުރިންލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެދުނިޔެ | 21 ދުވަސް ކުރިން