logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 13:30
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފަަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެފައިވާއިރު، ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ހަރަދުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 11 ޑިސެމްބަރ 2025 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްއިން ދައްކައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީއިންނެވެ. ޓީ.ޖީ.އެސް.ޓީ.އިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

 

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ހުރީ 37.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ. މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 6.5 އިންސައްތައިގެ ދަށްވުމެކެވެ.

 

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 7.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ފާހަގަކޮށްލެވޭ ދެ ދާއިރާއަކީ ޞިއްޙަތާއި ދަތުރުފަތުރެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް 443.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 138.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 219.0 އިންސައްތައިގެ އިތުރުވުމެކެވެ. ޕީ.އެސް.އައި.ޕީ. ގެ އެންމެ ބޮޑު ދާއިރާއަކަށް ދަތުރުފަތުރަށް ކުރާ ހަރަދު ހުރިއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން، އެއަރޕޯޓާ ގުޅުންހުރި ޕީ.އެސް.އައި.ޕީ. ހަރަދު 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ 3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 4.5 އިންސައްތައިގެ އިތުރުވުމެކެވެ.

 

ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް ވިޔަފާރި | 2 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓާގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި ވިޔަފާރި | 10 ދުވަސް ކުރިންޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ބޮޑު ކުރިއެރުމެއްޚަބަރު | 16 ދުވަސް ކުރިންއަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީޚަބަރު | 17 ދުވަސް ކުރިން