logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޒާރުދީ، ފުލުހެއްގެ ކަރުގައި ހިފި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
29 ޑިސެމްބަރު 2025 - 04:44
މާލޭ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ
މާލޭ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގް އޮފިސަރުންތަކަކަށް އިންޒާރުދީ، ފުލުސް އޮފިސަރެއްގެ ކަރުގައި ހިފި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް އުފަން އުމުރުން 27 އަހަރުގެ އަލީ ޝަހީމް ނަމަކަށް ކިޔާ މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެއަމުރުގައި ބުނެފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.

އޭނާ ހައްޔަރު ކުރި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓަށް ބަލާއިރު، ތުހުމަތު ކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށާއި އޭނާ ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ އަދި ފުލުހެއްގެ ކަރުގައި ހިފާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އޭނާ ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުއްދަ ނެތި ފިޔަފާރިކޮށް މިލިއަނުން ފައިސާ ދައުރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއިންޒާރުދީ، ފުލުހެއްގެ ކަރުގައި ހިފި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދިރިއުޅޭ ކޮޓަރިން ޑްރަގް އަތުލައި މީހަކު ހައްޔަރުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިން