ހުއްދަ ނެތި ފިޔަފާރިކޮށް މިލިއަނުން ފައިސާ ދައުރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
29 ޑިސެމްބަރު 2025 - 04:48

ހުއްދަ ނެތި ވިޔަފާރިކޮށް، ބޭންކް އެކައުންޓްތައް މެދުވެރިކޮށް، މިލިއަނުން ފައިސާ ދައުރުކުރި މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ހުއްދަ ނުނަގާ ވިޔަފާރިކުރުމުގެ މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 32 އަހަރުގެ މުހައްމަދު އިމޮން ކަޒިއާއި އުމުރުން 30 އަހަރުގެ މުހައްމަދު ޔޫސުފް ޕްރޮދަން އަދި އުމުރުން 21 އަހަރުގެ ކަޒި ރައިހާންއެވެ. މި ތިން މީހުންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

Ad by Hajj Corporation
އެމީހުން ބަންދު ކުރި އަމުރުގައި ބުނާ ގޮތުން އެ މީހުންގެ ތެރެއިން މުހައްމަދު އިމޮންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
މި މައްސަލައިގައި ދެން ހިމެނޭ ދެމީހުންގެ މައްޗަށް ކޮށްފައިވަނީ އެކަމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އަމުރުގައިވާ ގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބާރުދޭ އިތުރު ޑިޕޮސިޓް ސްލިޕްތައް ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ.
އެ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.


