logo
Bank of Maldives

Bank of Maldives

ޚަބަރު

އާ އަހަރާ ދިމާކޮށް, ވައި ނުސާފުވުމާއި މޫސުންވެސް ރަނގަޅުވާނެ: މެޓް

އައިޝަތު ނަޝާ
29 ޑިސެމްބަރު 2025 - 07:03
އާ އަހަރާ ދިމާކޮށް, ވައި ނުސާފުވުމާއި މޫސުންވެސް ރަނގަޅުވާނެ: މެޓް

އަންނަ އަހަރު ފެށޭއިރު ވައި ސާފުވާނެ ކަމަށާއި، ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ވެސް ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މެދުރާއްޖެތެރެއަށް މާދަމާއާއި ބުދަ ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ބުރާސްފަތި ދުވަހުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެކުނުގެ ރަށްރަށަށް މާދަމާއާއި ބުދަ ދުވަހު ވިއްސާރަކުރި ނަމަވެސް، ބުރާސްފައްޗާއި ހުކުރު ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެ އިދާރާއިން ލަފާކުރިގޮތުގައި ހޮނިހިރު ދުވަހުން ހޯމަ ދުވަހަށް ދެކުނުގެ މޫސުން ރަނގަޅުވާނެއެވެ.

ހަމަ އެހެންމެ އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށްވެސް މެޓުން ލަފާކުރިއެވެ. އުތުރަށާއި މެދުރާއްޖެތެރެއަށް އަދިވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް ކުރިއަށްވުރެ ރަނގަޅު ކަމަށް މެޓުން ބުންޏެވެ.

މި ފަހަކުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް, އާއްމު ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ވަނީ ނުސާފުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާ އަހަރާ ދިމާކޮށް, ވައި ނުސާފުވުމާއި މޫސުންވެސް ރަނގަޅުވާނެ: މެޓްޚަބަރު | 2 ގަޑިއިރު ކުރިންއާންމު ގޮތެއްގައި މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް ގަދަވާނެ!ޚަބަރު | 3 ދުވަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދުންފުހާއި ކެރީގެ އަަސަރު ފޯރާނެ: މެޓްޚަބަރު | 5 ދުވަސް ކުރިންބައެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | 6 ދުވަސް ކުރިން