logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްކޮށްގެން 50،000 ރުފިޔާ ހޯދި މީހާ، އެ ރުފިޔާ އަނބުރާ ދޭނެ ކަމަށް ބުނެފި

އައިޝަތު ނަޝާ
29 ޑިސެމްބަރު 2025 - 07:39
ސްކޭމްކޮށްގެން 50،000 ރުފިޔާ ހޯދި މީހާ، އެ ރުފިޔާ އަނބުރާ ދޭނެ ކަމަށް ބުނެފި

މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން 50،000 ރުފިޔާ ހޯދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އެ ފައިސާ އަނބުރާ ދޭނެ ކަމަށް ކޯޓުގައި ބުނެފިއެވެ.

އެ ތުހުމަތުގައި ހައްޔަރުކުރީ، މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ބުދަ ދުވަހެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން މި އަހަރުގެ މޭ މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާތައް ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުން އެނގޭ ގޮތުގައި, އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ލިބިފައެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ އެ ހޯދި ފައިސާ އަނބުރާ ދައްކާނެ ކަމަށާއި އެކަމަށް މުހުލަތެއް ދިނުމަށެވެ. ނަމަވެސް އެކަމާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމައެވެ. އޭނާއާއެކު މި ކުށްކުރުމުގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ކޯޓު އަމުރުން އެނގޭގޮތުގައި މި މީހާއަކީ ބަންދާއި ހައްޔަރުގެ ރެކޯޑް އޮތް މީހެކެވެ.

ކޯޓުން އިއްޔެ ވަނީ އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސްކޭމްކޮށްގެން 50،000 ރުފިޔާ ހޯދި މީހާ، އެ ރުފިޔާ އަނބުރާ ދޭނެ ކަމަށް ބުނެފިޚަބަރު | 2 ގަޑިއިރު ކުރިންހުއްދަ ނެތި ފިޔަފާރިކޮށް މިލިއަނުން ފައިސާ ދައުރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއިންޒާރުދީ، ފުލުހެއްގެ ކަރުގައި ހިފި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިން