logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން ރިވެލި: 3986 މީހުންނާ ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަފާ
29 ޑިސެމްބަރު 2025 - 10:35
އޮޕަރޭޝަން ރިވެލި: 3986 މީހުންނާ ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފި

އައު އަހަރާ ދިމާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ރިވެލި"ގެ ތެރެއިން މިހާތަަނަށް 3986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޮޕަރޭޝަން ރިވެލީގެ ތެރެއިން މިމަހުގެ 24 އިން 28އަށް، މާލެއިން 1693 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 95 މީހުންނަކީ ބިދޭސީންކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ހުޅުމާލެއިން ހުއްޓުވައި ސުވާލުކުރެވުނު 2293 މީހުންގެ ތެރެއިން 46 މީހުންނަކީ ބިދޭސީންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މި މަސައްކަތުގެ ތެރެއިން، މާލޭގެ 6491 ސަރަހައްދެއް ބަލައިފާސްކޮށް، 1954 އުޅަނދެއް ޗެކްކޮށްފައިވެއެވެ. އަދި 397 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ 1879 އުޅަނދެއް ޗެކްކޮށް، 28 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" ފެށީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށްވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރަކަށްވާތީ ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި، ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރަކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށްވެސް ފުލުހުން އެދެއެވެ.

ސައިކަލު ޕާކުކުރާއިރު ޝަޓަރލޮކް ކުރުމަށާއި ޕާކުކޮށްފައި ގިނަ ދުވަސްވަންދެން ބަހައްޓާނަމަ ނުވަތަ ރަށުން ބޭރަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ އުޅަނދު ހަވާލުކުރުމަށާ އަދި ޑިސްކުލޮކް ބޭނުންކޮށްގެން ތަޅުލުމާއި، ވަށިގަނޑާއި މަޑިދަށަށް އަގުހުރި ތަކެތި ނުލުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ޝައްކުކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ، އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގުޅައި، ނުވަތަ ނެއިބަހުޑް ސަޕޯޓް އޮފިސަރަށް ގުޅައި، ނުވަތަ ޕޮލިސް އެޕް މެދުވެރިކޮށް ރިޕޯޓުކުރުމަށް ވެސް އިލްތިމާސްކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރާ ފުޅިއަކީ ހަދިޔާއަކަށް ލިބުނު އެއްޗެއް ކަމަށް ކޯޓުގައި ބުނެފިޚަބަރު | 2 ގަޑިއިރު ކުރިންކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއޮޕަރޭޝަން ރިވެލި: 3986 މީހުންނާ ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފިޚަބަރު | 5 ގަޑިއިރު ކުރިން