logo
Bank of Maldives

Bank of Maldives

ޚަބަރު

ކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފި

އައިޝަތު ނަޝާ
29 ޑިސެމްބަރު 2025 - 10:52
ކުއްލި ހާލަތްތަކުގައި އެހީވުމާ ބެހޭ އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްއޭސީއެލުން ސޮއިކޮށްފި

ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ފުލުހުން ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ސޮއިކުރެއްވިގެން ދިޔަ މި ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

އެމްއޭސީއެލުން އަންނަނީ ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓުތައް ވެސް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | ދުވަހެއް ކުރިންގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް!ޚަބަރު | 2 ދުވަސް ކުރިންރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 3 ދުވަސް ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 4 ދުވަސް ކުރިން