logo
MPL

MPL

ޚަބަރު

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް!

ޒިދާން މުޙައްމަދު
17 މާރިޗު 2026 - 15:15
ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް!

ތ.ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްނިމި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރަން ހަވާލުކޮށްފަވަނީ އެމްއޭސީއެލްއާއެވެ.

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަސައްކަތަށް އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މުޅި މަސައްކަތުގެ 70 އިންސައްތައެއްހާ މަސައްކަތް ވަނީ ނިިމިފައެވެ.

ތ.ގުރައިދޫގެ އެއާޕޯޓް ތަރައްޤީކުރަން ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ތ.ގުރައިދުއަކީ 1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 15 ދުވަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 3 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 3 މަސް ކުރިން