logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީ

މުޙައްމަދު އަފްރާޙް
16 މާރިޗު 2026 - 09:37
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީ

ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށްވުރެ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު އައިސްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %166 ގެ ކުރިއެރުމެއްކަމަށް ވަނީ ދައްކާފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ 70 ޕްރައިވެޓް ޖެޓެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. މިއަދަދުތަކަށް ބަލާއިރު މިއަހަރު ބޮޑު ފަރަގެއް އަންނަނީ ފެންނަމުންނެވެ.

ރާއްޖެއަށް އަންނަ ޖެޓުތަކުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެވްރެޖުކޮށް މި ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ދުވާލަކު 12އަށްވުރެ ގިނަ ޖެޓު އާދެއެވެ. އެގޮތުން، އެއް ދުވަހެއްގެ ތެރޭގައި 18 ޖެޓުވެސް ރާއްޖެއަށް ވަނީ އައިސްފައެވެ. އެއީ މި މަހުގެ 3ވަނަ ދުވަހުއެވެ.

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ފާހަގަކުރައްވައެވެ. އެ އެސޯސިއޭޝަނުން ވިދާޅުވިގޮތުގައި މިބަދަލު ފެނިފައިވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމުންނެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުން ގަބޫލުކުރާގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް ޑިމާންޑަކަށް ބަދަލެއް ނާދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 3 ގަޑިއިރު ކުރިން އެމްއޭސީއެލް އިން ޖެޓް ފިއުލް ވިއްކާ އަގަށް ބަދަލު ގެނެސްފިޚަބަރު | 2 ދުވަސް ކުރިންވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 16 ދުވަސް ކުރިން