logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފި

އަޙުމަދު ރިޝާން
28 ޖުލައި 2026 - 12:11
ބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފި

ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ، ވީއައިއޭގައި ބޭނުން ކުރަން ފަށައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ މި އާ ޖގަ ބޭނުން ކުރަން ފެށީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މީޖަގަ ތައްޔާރުކޮށްފައި ވަނީ ވީއައިއޭގެ އެއްވަނަ ޓާމިނަލްގަ އެވެ. އެމްއޭސީއެލުން ވަނީ މި ޖާގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއްވެސް ގާއިމުކޮށްފަ އެވެ. މިކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

446184_3_773822197202fec6b95c2d8e007f6a7f77fda954.webp



އެމްއޭސީއެލުން ބުނީ މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.އަލަށް ހުޅުވި މި ޖާގައާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާ ކަމަށާއި މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށްކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

446180_3_0b0fba37e709a6f5d94352e2c464c8423c6eb281.jpeg


މި ޖާގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައި ވާއިރު މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެ އެވެ. މިއީ ޓާމިނަލް އެކަކުން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

އެމްއޭސީއެލުން ބުނީ މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް އެކެއްގެ ހިދުމަތްތައް ތަރައްގީކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި  މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީކޮށް، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | 32 މިނިޓު ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | ގަޑިއިރެއް ކުރިންއުމުރާވެރިންނަށް އެމްއޭސީއެލް އިން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފިޚަބަރު | 5 ދުވަސް ކުރިންއެއާ ކާގޯ ޗައިނާގައި އެމްއޭސީއެލުން ބައިވެރިވެއްޖެޚަބަރު | 7 ދުވަސް ކުރިން