logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރުޖަމާނު ''އަބޫ އުބައިދާ'' ޝަހީދުވެފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޑިސެމްބަރު 2025 - 18:18
ހަމާސްގެ އައު ތަރުޖަމާނު
ހަމާސްގެ އައު ތަރުޖަމާނު

ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު މިދިޔަ އޮގަސްޓް މަހު އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާކަން ރަސްމީކޮށް އެ ޖަމާއަތުން އިއުލާންކޮށްފިއެވެ.

މިކަން ޢިއުލާންކުރުމާއެކު ހަމާސްއިން ވަނީ އެ ޖަމާޢަތު އައު ތަރުޖަމާނު ހޯމަ ދުވަހު ތަޢާރަފްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަރަބި މީޑިއާތަކުން ދެއްކި ރެކޯޑްކޮށްފައިވާ ހިތާބެއްގައި، އާ ތަރުޖަމާނު ހާމަކުރި ގޮތުގައި 'އަބޫ އުބައިދާ' ގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ ކުރިން އެ މަގާމު ފުރުއްވި ބޭފުޅަކީ ހުޒައިފާ ސަމީރު އަލްކަހްލޫތެވެ. އާ ތަރުޖަމާނުވެސް މިހާރު ބޭނުންކުރަމުންދަނީ ހަމަ އެ ނަމެވެ.

އޭނާ ވަނީ ފާއިތުވި ވިހި އަހަރު ދުވަހު މޫނު ނުދައްކައި ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނުގެ ގޮތުގައާއި އަސްކަރީ ޔުނިޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

"ދެ ގަރުނެއްހާ ދުވަހު ދުޝްމަނުން މާޔޫސްކޮށް، މުއުމިނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ގައްސާމްގެ މީޑިއާގެ އިސްވެރިޔާ ހުޒައިފާ ސަމީރު އަލްކަހްލޫތު ވަކިވެދިޔުމަކީ ބޮޑު ހިތާމައެއް" އާ ތަރުޖަމާނު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، ގައްސާމް ބްރިގޭޑްސްގެ ކުރީގެ ކޮމާންޑަރު މުހައްމަދު އަލްސިންވާރު މޭ މަހު ޝަހީދުވިކަމާއި، އަދި މި މަހުގެ ކުރީކޮޅު ރާއިދު ސައުދު ހިމެނޭހެން އިތުރު އަސްކަރީ ލީޑަރުންތަކެއް ޝަހީދުވިކަންވެސް އާ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފައެވެ.

ޝަހީދުވި، ކަހްލޫތަކީ އަބަދުވެސް ރަތް ކެފިޔާއަކުން މޫނު ނިވާކޮށްގެން ފެންނަ ބޭފުޅަކަށް ވުމުން، އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައުލޫމާތު ވަނީ ސިއްރުވެފައެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ހަނގުރާމައިގެ މައިދާނުގެ ހަބަރުތައް ގެނެސްދިނުމަށާއި އިޒްރޭލަށް ގޮންޖަހައި ދޭ ބަޔާންތަކުގެ ސަބަބުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރުޖަމާނު ''އަބޫ އުބައިދާ'' ޝަހީދުވެފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިންހުކުރު ނަމާދަށް ތިއްބާ ސީރިއާގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފިޚަބަރު | 3 ދުވަސް ކުރިންއާންމު ކުރަން ފަށާފައި އެޕްސްޓައިންގެ ފައިލުތަކުން ފާޅުވެފައިވާ ބައެއް ހަގީގަތްތައްޚަބަރު | 8 ދުވަސް ކުރިންނުރައްކަލާ ކުރިމަތިލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހްމަދަށް ތައުރީފު އޮހެނީޚަބަރު | 14 ދުވަސް ކުރިން