logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ގުނާނަ ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 އޮކްޓޯބަރު 2024 - 07:09
އިސްލާމީ މަރުކަޒު -- ފޮޓޯ/ ސޯޝަލް މީޑިޔާ
އިސްލާމީ މަރުކަޒު -- ފޮޓޯ/ ސޯޝަލް މީޑިޔާ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ގުނާނަ (ކައުންޓްޑައުން) ފަށައިފިއެވެ.

އެކަން އިއުލާންކުރެއްވީ ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ. އެގޮތުން ވަޒީރު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ކަމަށާއި، އެ ތާޜީޚީ މުނާސަބަތު ފާހަގަކުރައްވަން ރައީސް ނިންމެވީ، މާތްވެގެންވާ އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތުގެ ބިންގާ ކަމަށްވެފައި، އެ މާތް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދިވެހީން އެއް ރޫޙެއްގައި ދަމަހައްޓައި ދިވެހި ދައުލަތުގެ ސަގާފީ ސިޔާދަތު ފުރިހަމަ ވުމުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ޚާއްޞަ އެއް ތަނބު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ 2026 ވަނަ އަހަރު އަންނަ، ހިޖުރީ ގޮތުން 1448 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ރާއްޖެ އިސްލާމްވިތާ ސާސްކަފަކަށް (އެއްހާސް އަހަރު ފުރުމުގެ) ވުމުގެ ދަތުރު ފަށާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 2 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 3 ގަޑިއިރު ކުރިންހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން