logo
MPL

MPL

ޚަބަރު

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި މަތީ ތައުލީމާބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ

އިސްމާޢިލް ރާތިޢު
30 ޑިސެމްބަރު 2025 - 18:30
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި މަތީ ތައުލީމާބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | 3 ގަޑިއިރު ކުރިންނ.އަތޮޅު ޓައުންޝިޕް މަޝްރޫޢު އާއި ގުޅުވައި އައު ދޮގެއް އުފަންކުރިޔަސް ހަގީގަތަކީ އެއީ ''ޤައުމަށް ރަނެއް''ރިޕޯޓް | 9 ގަޑިއިރު ކުރިންއަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް ޚަބަރު | 2 ދުވަސް ކުރިންއެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސްޚަބަރު | 2 ދުވަސް ކުރިން