logo
MPL

MPL

ޚަބަރު

އެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސް

އަޙުމަދު ރިޝާން
20 އޯގަސްޓު 2026 - 10:59
އެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމަކީ ދެކޮޅު ޖެހޭނެ ކަމެއް ކަމަށާއި ބޭނުންވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓް އެޅުމަކީ ރައްޔިތުންގެ ފައިދާ އަށް ކުރާ ކަމެއް ކަމަށެވެ. އަދި ފަތުރުވެރި ކަމުގެ ކުރިއެރުމަށް ވެސް ވައިގެ މަގުން ގުޅިފައި ހުންނަވަރަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގެ ދަށުން މުޅި ރާއްޖެ ތަރައްގީ ކުރާނަމަ، އެއާޕޯޓްތައް އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަތުރުފަތުރަކީ ތަރައްގީގެ އެންމެ މުހިއްމު އެތް ވަސީލަތް ކަމަށާއި ރާއްޖެ އުފެދިފައި އޮތް ގޮތުން ހަމައެކަނި ކަނޑުމަގުން ދަތުރުކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިސަބަބާހުރެ، ވައިގެ މަގުން މުޅި ރާއްޖެ ގުޅެން ޖެހޭ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.

ސިޔާސަތަކީ 30 މިނެޓުން ކަނޑުމަގުން ދަތުރު ނުކުރެވޭ ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތްތަކެއް ހަދައިދިނުން ކަމަށާއި އެއީ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއީންސާނީ އެހީތެރެއިންގެ ހައްގުގައި އަޑު އުފުއްލަވާ، ގައްޒާގެ ހަމާލަތައް ހުއްޓާލުމަށް ރައީސް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަނީޚަބަރު | ދުވަހެއް ކުރިންދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިން ފުޅާކޮށް ސްކޫލްތަކާއި ކުޅިވަރުގެ ދާއިރާ އާއި ޖަމްއިއްޔާތައް ބައިވެރިކުރަނީޚަބަރު | ދުވަހެއް ކުރިން