logo
MPL

MPL

ޚަބަރު

އަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް 

އަޙުމަދު ރިޝާން
20 އޯގަސްޓު 2026 - 17:56
އަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް 

މިއަންނަ އަހަރު ގިނަ ބަޔަކަށް ފްލެޓް ލިބޭނެ ކަމަށާއި އޭގެތެރޭގައި ލިސްޓްގައި ނަން ހިމެނި ފްލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވަހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ތަންތަން އަޅަމުންދާ ކަމަށާއި މާލޭ ސަރަހައްދުގެ ގިނަ ބަޔަކަށް ފްލެޓް ލިބިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެޕިސޯޑްގައި ވެސް ބައްދަލުކުރި ގިނަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ ބޯހިޔާވަހި ކަމުގު މައްސަލައެވެ. މި މައްސަލަ އަށް އަލި އަޅުއްވާލައްވަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފަހަރު އެހެން ފަހަރުތަކަށްވުރެ ގޯއްޗާއި ފްލެޓް ލިބޭނެ ކަމުގެ ޔަގީން ބޮޑުވާނެ ކަމަށެވެ. އަދި މިފަހަރު ގޯހެއް ނުހަދާނެ ކަމަށާއި، ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަށަވަރުވެގެންދާނީ ނުފޫޒުން އެކިބާވެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންއެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންއީންސާނީ އެހީތެރެއިންގެ ހައްގުގައި އަޑު އުފުއްލަވާ، ގައްޒާގެ ހަމާލަތައް ހުއްޓާލުމަށް ރައީސް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު "ސްޓޭޓް އޮފް ދި އާޓް" ފެންވަރަށް ތަރައްޤީކުރަނީޚަބަރު | 2 ދުވަސް ކުރިން