logo
MPL

MPL

ޚަބަރު

ވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 07:43
ވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ތާރީޚީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި، ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ރައީސް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުގެ ދައުރުގައި ބަންގްލަދޭޝްއަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންނ.އަތޮޅު ޓައުންޝިޕް މަޝްރޫޢު އާއި ގުޅުވައި އައު ދޮގެއް އުފަންކުރިޔަސް ހަގީގަތަކީ އެއީ ''ޤައުމަށް ރަނެއް''ރިޕޯޓް | 7 ގަޑިއިރު ކުރިންއަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް ޚަބަރު | 2 ދުވަސް ކުރިންއެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސްޚަބަރު | 2 ދުވަސް ކުރިން