logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރުގެ ޙާފިޡުން ގެންނަން މިހާރު ވިސާއަށް އެދެވޭނެ

ޢައްފާން މުޙައްމަދު
30 ޑިސެމްބަރު 2025 - 05:57
ބޭރުގެ ޙާފިޡުން ގެންނަން މިހާރު ވިސާއަށް އެދެވޭނެ

ރަމަޟާން މަހުގައި ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ބޭރުގެ ޙާފިޡުން ގެންނަން އޮންނަ އުސޫލުގެ ތެރެއިން، އަންނަ ރަމަޟާން މަހު އެފަދައިން ޙާފިޡުން ގެނައުމަށް ވިސާއަށް އެދެން ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ޙާފިޡުން ގެނައުމަަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ޙާފިޡުން ގެނައުމަށް މިހާރު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު މިހާރު އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެފަދައިން ހުށަހަޅާއިރު ޙާފިޡުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން ސްޕެޝަލް ވިސާ ދޫކުރެވޭ ޙާފިޡުންނާއި ގާރީން ރާއްޖެ ވަޑައިގަންނަވާއިރު، އެފަރާތްތަކުގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ރަމަޟާން މަހު މިސްކިތްތަކުގައި ނަމާދުކުރަން ގެންނަ ޙާފިޡުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެއެވެ.

އިމިގްރޭޝަނުން ބުނީ، ސްޕެޝަލް ވިސާ ނުވަތަ ސްޕޮންސަރޝިޕް އެޕްރޫވަލް ލިބޭ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، އެފަރާތްތަކުގެ ވިސާގެ ކަންތައް ޤަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަށާއި، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އެ ފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކުރައްވާފައިވާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށްއުޅުނު 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމެދަށަށްޚަބަރު | 4 ދުވަސް ކުރިންކުރެންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިޚަބަރު | 4 ދުވަސް ކުރިންހިފްޒު ކްލާސްތަކުގައި 1800 ދަރިވަރުން؛ ރާއްޖޭގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!ޚަބަރު | 6 ދުވަސް ކުރިންތުނޑީ ބަނދަރު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިޚަބަރު | 10 ދުވަސް ކުރިން