logo
Bank of Maldives

Bank of Maldives

ޚަބަރު

މުސްކުޅިކުރެއްވުމަށްފަހު ވަޒީފާއަށް ނުކުންނަނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފި

ޒިދާން މުޙައްމަދު
30 ޑިސެމްބަރު 2025 - 10:25
މުސްކުޅިކުރެއްވުމަށްފަހު ވަޒީފާއަށް ނުކުންނަނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފި

ސިވިލް ސާރވިސްގެ ވަޒީފާއިން މުސްކުޅިކުރެއްވުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާރވިސް ޤަވާއިދު އިސްލާޙުކޮށް އަމަލުކުރަން ފަަށައިފިއެވެ.

ޤަވާއިދަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެމީހަކަށް މުސްކުޅިކުރެއްވުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. ޤަވާއިދުގައިވާ ގޮތުން ކުރިން ލިބެމުން ދިޔަ މުސްކުޅިކުރެއްވުމުގެ އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށެވެ.

ޤަވާއިދުގައިވާ ގޮތުން އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާއިން މުސްކުޅިކުރެއްވުމަށްފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަޤާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެއެވެ. އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެނަމަ، އެފައިސާއެއް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ ކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.

މުސްކުޅިކުރެއްވުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާއާއި، އެމްއެންޑީއެފާއި، ކަސްޓަމްސް އަދި އިމިގްރޭޝަނާއި، ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެއެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔަރ ކުރުމަށްފަހު އިންތިޚާބީ މަޤާމުތަކަށް އަންނަ މީހުންނަށްވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުސްކުޅިކުރެއްވުމަށްފަހު ވަޒީފާއަށް ނުކުންނަނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފިޚަބަރު | 2 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންމީޑިއާ ކޮމިޝަނުގެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިޚަބަރު | 3 މަސް ކުރިންމޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ރައީސަށް ޢިލްމުވެރިންގެ ތަޢުރީފުޚަބަރު | 3 މަސް ކުރިން