logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާުގެ ދަށުން 909 މިލިއަން ރުފިޔާ ދޫކުރަނީ

އިސްމާޢިލް ރާތިޢު
31 ޑިސެމްބަރު 2025 - 05:01
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި" ފައިނޭންސް ސްކީމުގެ ދަށުން މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހިޔާވެހި ފައިނޭންސިންގ ޕްރޮޖެކްޓުގެ ދަށުން 909 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު، ސްކީމުގެ ފުރަތަމަ ބުރުގައި 23 ފަރާތަކަށް ފައިނޭންސިންގ ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގެ ދަށުން ތިން ސްކީމެއް ކުރިއަށްދާއިރު، ފުރަތަމަ ސްކީމަކީ އަތޮޅުތެރޭގެ ރަށްތަކަށް ހާއްސަ ސްކީމެކެވެ. ދެވަނަ ސްކީމަކީ، ސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ހާއްސަ ސްކީމެކެވެ. އަދި ތިންވަނަ ސްކީމަކީ މާލެ ސަރަހައްދަށް ހާއްސަ ސްކީމެކެވެ.

ޕްރޮޖެކްޓުގެ ފުރަތަމަ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް މިލިއަން ރުފިޔާއާ ހަމައަށް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް، އެއްވެސް އިކުއިޓީއަކާ ނުލައެވެ. އަދި ދެވަނަ ސްކީމްގ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާއިރު، ތިންވަނަ ސްކީމްގެ ދަށުން ހަ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމް އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށާ ނުނިމި ހުރި އިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން އިމާރާތްކުރުމުގެ ފުރުސަތު ފަހިވާގޮތަށެވެ. އަރބަން ސެންޓަރުތައް އަދި ފުރަމާލެއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.

ބޯހިޔާވަހިކަމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާއިރު، އެކަށޭނަ ބޯހިޔާވަހިކަމެއް މިވަގުތު ލިބިފައި ނެތް ފަރާތްތަކަށްް އެކަން ހައްލުކޮށްދެއްވަން މިސަރުކާރުން އަންނަނީ އެހެން ސަރުކާރުތަކާ ނުބައްދަލު، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާުގެ ދަށުން 909 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 3 ގަޑިއިރު ކުރިންރަސްމާލެ: ރާއްޖޭގެ ތަރައްގީ އައު މަރުހަލާއަކަށް ފުރޮޅާލާނެ ހަގީގަތަކަށް ހެދޭނެ މަޝްރޫޢުއެއްރިޕޯޓް | 18 ދުވަސް ކުރިންސީދާ އަމާޒު ސާފުމަންޒަރުންރިޕޯޓް | މަހެއް ކުރިންއަލަތު ކައިވެނިކުރާ މީހުންނަށް ޙާއްސަކޮށް 250 ފްލެޓް، އެކަނިވެރި މައިންނަށް 100 ފްލެޓުޚަބަރު | މަހެއް ކުރިން