logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތިންވަނައިގައި އޮތް އެސްޓަންވިލާ ލަދުގަންނަވާލުމަށްފަހު އާސެނަލް އިން ސިޓީގެ ސަޕޯޓަރުން ރޮއްވާލައިފި

އަބްދުﷲ ޣާނިމް
31 ޑިސެމްބަރު 2025 - 06:01
ތިންވަނައިގައި އޮތް އެސްޓަންވިލާ ލަދުގަންނަވާލުމަށްފަހު އާސެނަލް އިން ސިޓީގެ ސަޕޯޓަރުން ރޮއްވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް އިން ތާވަލުގެ އެއްވަނައިގައި އޮވެ އަހަރު ނިންމާލައިފިއެވެ. މި މޮޅާއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ޖުމްލަ 45 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި އެސްޓަން ވިލާ 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް އާސެނަލް ނިކުތީ އެ ޓީމުގެ މުހިންމު މިޑްފީލްޑަރު ޑެކްލަން ރައިސް ނުލައެވެ. އޭނާ އަށް އަނިޔާވެފައިވާތީ މި މެޗުގައި ބައިވެރިވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައެވެ. އާސެނަލް އަށް ލިބުނު ކޯނަރަކުން ގެބްރިއެލް މަގަލާއެސް ޖަހައިދިން ލަނޑުން މުޅިމެޗު އާސެނަލް ކޮޅަށް އެނބުރިގެންދިޔައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 52 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ވަނީ ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. އާސެނަލްގެ ތިންވަނަ ލަނޑު 69 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ލިއަންދްރޯ ޓްރޮސާޑް އެވެ.

އާސެނަލްގެ ފަހު ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެބްރިއެލް ޖިސޫސް އެވެ. އެސްޓަން ވިލާގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އޮލީ ވޮޓްކިންސް އެވެ.

މި ސީޒަނުގައި އާސެނަލް އިން ދައްކަމުން އަންނަނީ ވަރުގަދަ ކުޅުމެކެވެ. ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވަމުން އައި އެސްޓަންވިލާ ކޮޅަށް މިހާވަރުގަދަ ނަތީޖާއެއް ނެރެ، ދެވަނައިގައި އޮތް ސިޓީއާއި ފަރަގު މިހާރުވަނީ ފަސް ޕޮއިންޓް އަށް ފަރަޤުބޮޑުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާގެ ފަހަތުން މިފަހަރު ރެފްރީންގެގެ ހަދިޔާ އާސެނަލްއަށްކުޅިވަރު | 2 ދުވަސް ކުރިންތިންވަނަ ޑިވިޝަނުގެ ޓީމެއްއަތުން އާސެނަލް ހޯދި އުނދަގޫ މޮޅާއެކު ކުއާޓަރ ފައިނަލަށްކުޅިވަރު | 6 ދުވަސް ކުރިންބޮޑާހާކައި ވަގުތު ބޭކާރުކޮށްގެން ހޯދި އުނދަގޫމޮޅާއެކު އާސެނަލުން ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިކުޅިވަރު | 9 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 12 ދުވަސް ކުރިން