logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީ

ޢައްފާން މުޙައްމަދު
31 ޑިސެމްބަރު 2025 - 08:00
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީ

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ހުރި އުޅަނދުތައް ނަގައި، ތަން ސާފުކުރުމުގެ މަސައްކަތް ކުރަން ނިންމައިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ގިނަ އަދަދެއްގެ ގަރާޖާއި، ގުދަންތަކާއި، ފެކްޓްރީތައް ހުންނަ އެ ސަރަހައްދުގައި ބޮޑެތި ލޮރީތަކާއި، ހަލާކުވެފައި ހުރި ބާ ކާރާއި ޕިކަޕު ވެސް އެކި ހިސާބުތަކުގައި ހުރެއެެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކިން ޒޯނުގެ ބޭރުން ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް މި ފެށޭ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުގެ ކުރިން ނަގަން ވާނެ ކަމަށެވެ.

ނުނަގާ އުޅަނދުތައް، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ނަގާނެ ކަމަށް ވެސް ބުންޏެވެ.

އަދި އެ ކަމުގައި އުޅަނދަކަށް ނުވަތަ އޭގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މިފަހުން ފަހުން ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ޕާކިންއަށް ޚާއްސަ ވަގުތީ ބިންތަކެއް އެޗްޑީސީން ވަނީ ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރަން ދީފައެވެ. އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި އެ ބިންތައް ތަރައްގީކުރާނީ ޕާކިން ބިލްޑިންގުގެ ގޮތުގައެވެ.

އެކި ފްލޯތަކަށް އުސްކޮށް ހުންނަ ޕާކިން ބިލްޑިންއެއް ހެދުމުން، އެއް ބިމެއްގައި މަދު ވެހިކަލްތަކެއް ޕާކު ކުރުމުގެ ބަދަލުގައި ގިނަ ވެހިކަލްތަކެއް ޕާކުކުރަން ފަހިވާނެއެވެ. އަދި ބިމުގެ ބޭނުން ވެސް ފުރިހަމައަށް ހިފޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީޚަބަރު | ގަޑިއިރެއް ކުރިންއައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީޚަބަރު | ދުވަހެއް ކުރިންމާލޭގެ ރަށްވެހިކަމުގައި އެއް އަހަރުވެފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެ!ޚަބަރު | 2 ދުވަސް ކުރިންހުޅުމާލެ 3ގެ 47 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 4 ދުވަސް ކުރިން