logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެން މުވައްޒަފުން ދިގުކޮށް ހެދުން އަޅަން އެންގުން: ފައްޔާޒް އަށް އެކަން ކަމުނުދިޔަ

ޢައްފާން މުޙައްމަދު
31 ޑިސެމްބަރު 2025 - 10:04
އަންހެން މުވައްޒަފުން ދިގުކޮށް ހެދުން އަޅަން އެންގުން: ފައްޔާޒް އަށް އެކަން ކަމުނުދިޔަ

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކުރުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ މާއްދާއަށް ބަދަލު ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގައި ބުނެފައި ވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެ ކަމަށެވެ. އެފަދަ ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވެސް ވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަ ބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

މީގެއިތުރުން، މިފަދަ ހެދުންތަކުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރު ނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ގޮތުން ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވި ނަމަވެސް، ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެން މުވައްޒަފުން ދިގުކޮށް ހެދުން އަޅަން އެންގުން: ފައްޔާޒް އަށް އެކަން ކަމުނުދިޔަޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީން ހުވަފެނެއްގައި، ފިތުނައިގެ އާ ފެށުމެއް، ނަތީޖާ ބައްޔާ ދިމާއަށްރިޕޯޓް | 6 ދުވަސް ކުރިންކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައިޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | މަހެއް ކުރިން