logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަނަވަރީ 15 އިން ފެށިގެން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅޭނެ

އާމިނަތު ޝަފާ
31 ޑިސެމްބަރު 2025 - 11:38
ޖަނަވަރީ 15 އިން ފެށިގެން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅޭނެ

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި، ހުށަހެޅުމުގެ އުސޫލަށް ބަދަލުގެނެސް އަންނަމަހުގެ 11 ވަނަ ދުވަހުން ފެށިގެން އަލުން ކުރިމަތިލާން ހުޅުވާލައިފިއެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް ދޫކުރުމުގެ މައްސަލަ ބޮޑުވުމުން، ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމީ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރިން ހަވާލުކުރީ ތުޅާދޫ ކައުންސިލާއެވެ.
ނަމަވެސް 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ތުޅާދޫ ކައުންސިލް އިދާރާއިން ޝާއިއުކުރި ވަގުތީ ލިސްޓަކީވެސް ބާތިލު ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅުމާ ގުޅިގެން ކޯޓުން ހުކުމްކޮށްފައި ވަނީ ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާންމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ޤާނޫނާ ޚިލާފު ބަދަލެއް ކަމަށް ވާތީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ދިން ލަފާ އަދި 2022 ވަނަ ދުވަހު އާންމުކުރި އުޞޫލަށް ޢަމަލުކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހުވެސް އެކި މައްސަލަތަކާ ހެދި ހައުސިންގ ޔުނިޓުތައް ދޫކުރެވޭ ގޮތެއް ނުވެއެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތުޅާދޫގައި، ޤާއިމުކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައިކުރެވުނު އިއުލާނުތަކާ ގުޅިގެން ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މަސައްކަތް މުރާޖަޢާކުރަން އަންގާފައިވީނަމަވެސް ތުޅާދޫ ކައުންސިލުން، އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން، ލިބިފައި ނުވާކަމަށެވެ.

މިހާރު މި މަސައްކަތް ވުޒާރާއާ ހަވާލުކުރެވިފައިވުމުގެ ސަބަބުން މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން، ތަންފީޛުކުރުމަށްޓަކައި ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރެވިފައިކަމަށާއި މި އުސޫލުގައި، ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ޕޮއިންޓުދެވޭނެ ގޮތުގެ ތަފްޞީލު ހިމަނާފައިވާނެކަމަށް ވުޒާރާއިން ބުނެއެވެ. މި ގޮތުން އުޞޫލަށް ގެނެވުނު މައިގަނޑު ބަދަލްތަކަކީ:

• މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ، -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.

• ޚާއްސަ އެހީއަށް، ނުވަތަ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ބަލަހައްޓަމުންއަންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ޕޮއިންޓް ހިމެނުން.

• ބ.ތުޅާދޫ ރަށްވެހިންނާއި، ތުޅާދޫއަށް ހިޖުރަކޮށްގެން، ބ.ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ޕޮއިންޓު ހިމެނުން.

• މައިންބަފައިން ބަލަހައްޓަމުންދާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ޕޮއިންޓު ހިމެނުން.

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހިރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށާއި އެހެންކަމުން ބ.ތުޅާދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށްވަނީ ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުނެއވެެ. މި ގޮތުން ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކުން 11 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ ރޭގެ 23:59 ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ހަވާލުކުރީ ޖުލައި 2019 ގައެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިޔަން ރުފިޔާއަށެވެ.

އެ ރަށުގައި އިމާރާތް ކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހަނާއާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަނަވަރީ 15 އިން ފެށިގެން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅޭނެޚަބަރު | 2 ގަޑިއިރު ކުރިންއެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފިޚަބަރު | 12 ދުވަސް ކުރިންއަލިފާނުގެ ހާދިސާއާއެކު ދިމާވި ހިތްދަތިކަމާއެކު ވެސް މުވައްޒަފުން ދިޔައީ ކުރިއަށް: ވަޒީރު މުއްތަލިބުޚަބަރު | 19 ދުވަސް ކުރިން42 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައިފިޚަބަރު | މަހެއް ކުރިން